ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސް ޑިސެމްބަރާ ހަމައަށް ދޫކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ސަޕޯޓް އެލަވަންސް ދޭން މިހާރު ނިންމާފައިވާ ކަމަށާއި އެ މުއްދަތު އިތުރު ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

“އަޅުގަނޑުމެން މިހާރު ނިންމާފައިވާނެ، ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް އެކްސްޓެންޑް ކުރަން، އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ޑިސެމްބަރާ ހަމައަށް. އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑު ވެސް ކުރާނަން.” މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށާއި، އޭގެ ތެރެއިން މަސްވެރިންނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިލިބެނީ ސަރުކާރު ކޯލިޝަން ގަ ހިމެނޭ ޕާޓީ ތަކުގެ ކުދިންނަށް، ކުރިން ޢާމްދަނީ ހޯދަން އެއްވެސް ކަމެއް ނުކުރިޔަސް އެމީހުނަށް ތިލިބޭ، އޭރު މަސައްކަތްކޮށް މިހާރު ގެސްޓުން ނާންނާތީ އެއްޗެއްނުލިބޭ މީހުން ޕާޓީ ކުދިން ނޫންވީމަ ނުލިބޭ ތިއެއް، ވާ އިންސާފުވެރި ބަަައެއްމީ ????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: