ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ނައްތާލުމަށް އޮބްޒާވަރުންގެ ގޮތުގައި 12 މީހަކަށް ފުރުސަތުދީފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން: -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމުންނަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދުނު މީހުންގެ ތެރެއިން 12 މީހަކަށް އެފުރުސަތު ދީފިއެވެ.

ފުލުހުން ބުނީ މި 12 މީހުންނަށް ފުރުސަތު ދީފައިވަނީ މެއިލް ކޮށްފައިވާ ތަރުތީބުންނެވެ.

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އެދި ޕޮލިސް މީޑިއާ އަށް އީމެއިލް ކުރުމަށް ހުޅުވާލާފައިވަނީ އިއްޔެއެވެ.

އެފުރަސަތަށް އެދި މިއަދުގެ 14:00 އާ ހަމައަށް 24 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައި ދޫނިދޫގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: