ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އޮޑިއެއް ނުފެތޭނެ، ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އޮޑިއެއް ނުފެތޭނެ ކަމަށާއި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެެއްގައެވެ.

އެގޮތުން ރައީސް ސޯލިހު ޓެގު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲގެ އިރާދަފުޅާއެކު އެ އޮޑިއެއް ނުފެތޭނެ ކަމަށާއި ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހު އާއި ނަޝީދު ކުރެއްވި ބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ދިމާވެގެން އުޅޭ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖްލިސް އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: