ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒުގެ މައްސަލަ މަޖިލީހަށް ވައްދަން އެއްވެސް މެމްބަރަކު މަސައްކަތެއް ނުކުރޭ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެއްވެސް މެންބަރަކު ސޮއިކުރައްވާފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށްވެސް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މިދިޔަ މަހު މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕް ތެރެއިން ބޭނުންވާ އަދަދަށް ސޮއި ހަމަ ނުވެ، އެ މައްސަލަ އޮތީ މަޖިލީހަށް ނުވެއްދިއެވެ.

އެކަން ނުވުމުން ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި އެވެ.

މިރޭ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ތެރޭގައި އެ ބާވަތުގެ މަސައްކަތެއް ހިނގާފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ބޭފުޅުންނާއި ގުޅޭގޮތުންނާއި އަދި ވަޒީރުންނާ ގުޅޭގޮތުން އެ ޕާޓީގެ އެތެރޭގައި މަޝްވަރާތަަކާއި ބަހުސްތައް ކުރިއަށްދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ އަނިޔާ އިން ދިވެހިން ސަލާމަތް ކުރުމާއި، ހެޔޮވެރިކަމެއް ކުރުމަށް ކޮރަޕްޝަނާއި ދެކޮޅު ވުމާއި ގުޅޭގޮތުން ވަރަށް ބޮޑަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަން ފެށުމުން ޕާޓީން އެކަމާ ދެކޮޅަށް އަޑުއުފުލާތަން ފެންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑަކަށް މީގެ އިތުރަކަށް މި ޕޯޑިއަމްގައި ހުރެ، ތިޔަ ވިދާޅުވި ސުވާލަކަށް އިތުރު ޖަވާބެއް ނެތް އެރުވޭކަށް. ހަމަ ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައެއް ނުވޭ. އެމްޑީޕީީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ” ނަޝީދު ވިދާޅުވިއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފައްޔާޒު ދިފާއުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފައްޔާޒަށް އިތުރުބާރު އެބަ އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: