ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތް ނިންމާނީ 2023ގައި ޔާމީން ރައީސްކަމަށް އިންތިހާބު ކޮށްފައި: ޣައްސާން

 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން- (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ މަސައްކަތް ނިންމާމީ 2023 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަލުން ރައީސްކަމަށް އިންތިހާބު ކޮށްފައި ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

އެގޮތުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުގެ މަސައްކަތް ނިންމާނީ ރައީސް ޔާމީން މިނިވަންކޮށް، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލުގެ ހިމާޔަތުގައި ދިވެހި އިގްތިސާދާއި ރައްޔިތުންގެ ކުރިމަގު އުޖާލާ ކުރަން އެމަނިކުފާނު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކޮށްފައި ކަމަށެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމުން އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލައިގެ ހުކުމް އިއްވަމުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާމީން ހުޅުވާފައިވާ 8 އެކައުންޓު ފްރީޒް ކުރަން ދައުލަތުން ހުށަހެޅިއިރު އެ 8 އެކައުންޓުގައި ހުރި ފައިސާ އާއި އޭސީސީން ބީއެމްއެލްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހިނެތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: