ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ: ރާއީ

މެމްބަރު ރާއީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ ނޫން ވަޒީރުން އެ ޕާޓީގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރާއެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއި އެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ ކޯލިޝަން ގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށެވެ.

އެމްޑީޕީގެ “ހަބަރު ސިޓީ” ހަތްވަނަ އަދަދުގައި “އަޅުގަނޑުމެންގެ ތެރޭގައިތިބެ އަޅުގަނޑުމެންގެ އެހީގައި އަޅުގަނޑުމެން ކަތިލަނީ!” ސުރުހީގައި އަލީ އާޒިމް ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެކޭ، އެމްޑީޕީގެ ސަރުކާރެއް ނޫނޭ އަޑަށް ބާރުލާފައި ކިތަންމެ ވަރަކަށްވެސް ކީދާނެ ކަމަށާއި ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީ ސަރުކާރެއް ކަމަށެވެ.

“މީގެ ސާފު އެއް ހެއްކަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ރައްޔިތުން އެމްޑީޕއަށް ދިން ސާފު ބޮޑު އަގްލަބިއްޔަތެވެ. ރައްޔިތުން ވޯޓް ދިނީ އެމްޑީޕީގެ އެޖެންޑާ 19 އަށެވެ.” އަލީ އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޭ މޮޔަވީތަ ކަލޭ ފުރަތަމަ ތިޔަ ޕާޓީ ބަދަލް ކުރަންވީ ކަލޭ ހޮވި ތިޔަ ޒާތުގެ ވާހަކަ ދައްކަންތޯ ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: