ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ބަދަލުތަކާއެކު ސުޕްރީމް ކޯޓުގެ އާ ގަވައިދު އާންމު ކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބަދަލުތަކަކާއެކު ސުޕްރީމް ކޯޓުގެ އާ ޤަވާޢިދެއް އެކުލަވާލާއި، ހޮނިހިރު ދުވަހު އަމަލުކުރަން އެކޯޓުން ނިންމައިފިއެވެ.

އެގަވައިދު ތަކަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައި ވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، އެ ކޯޓުން މައްސަލަ ބަލައިގަތުމާއި، އެ ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި ބޭއްވޭ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ގަވައިދެވެ.

އާ ގަވައިދާއެކު ކުރިން ސުޕްރީމް ކޯޓުން އަމަލުކުރަމުން އައި ގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގައި އެ ކޯޓުގެ ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި ސުޕްރީމް ކޯޓަށް ހުށަހަޅާ ހައި ކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާއީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް ހިމެނެއެވެ.

އޭގެ އިތުރުން ކޯޓު އަމުރުތައް ރައްދުކުރުމާއި ގުޅޭގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކޯޓު އަމުރު ރައްދުކުރެވިދާނެކަމަށް އާއުސޫލުގައި ވެއެވެ. އަދި އާހެކި ހުށަހެޅުމާއި ހެކިންނާއި ހަބީރުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ.

އާ ގަވައިދާ އެކު، ކޯޓަށް ހުށަހަޅަންޖެހޭ އާ ފޯމުތަކެއް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: