ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑާ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރު ކުރީގެ ގައުމީ ޓިމްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.

ބޮންޑާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އައްޑޫގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ބޮންޑާގެ ބަންދަށް ޖެހި ފަސް ދުވަސް މިއަދަށް ހަމަވެފައިވާއިރު، އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމަކާ ނުލައެވެ.

މިމައްސަލައިގައި ބޮންޑާގެ ވަކީލް ޝަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ ބޮންޑާއާ މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި ހައްޔަރުކުރި އިރުވެސް ބޮންޑާގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: