ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން 24،000 ޓޫރިސްޓު އެނދު އޮޕަރޭޓްކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރުތައް މިދިޔަ ޖުލައި 15 ގައި އަލުން ހުޅުވި ފަހުން 24،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އޮޕަރޭޓު ކުރަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިމަނައި ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އަލުން ހުޅުވި ފަހުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއަރަން ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ 223 އެސްޓެބްލިޝްމަންޓެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވައި، ލޯކަލް ޓޫރިޒަމް ފަށައިގަތުމުން ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ހެޔޮ ބަދަލެއް އައިސް، ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ބޯޑަރު ހުޅުވާލައި ޖުލައި މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 1،752 ފަތުރުވެރިންނެވެ. އޯގަސްޓު މަހުގައި 7،628 ފަތުރުވެރިން ރާއްޖެ އައި އިރު މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މީގެ އިތުރުން މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ވަނީ 3،140 ފަތުރުވެރިން އައިސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: