ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާރު ޖަމީލަށް: “ނިކަމެތި ހާލުގައި ނުހުންނަވާ، ރަށައް ދުރުވެ ދަނޑުވެރިކަން ކުރައްވާ”

ޝެއާރކޮށްލާ ކަހަލަދޯ؟

ނިކަމެތި ހާލުގައި ހުންނެވުމުގެ ބަދަލުގައި ރަށަށް ވަޑައިގެން ދަނޑުވެރިކަން ކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނަޒީރު އެގޮތަށް ރައްދު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިމޭ އިރު، ދުވަހަކު ދަށަށް ނުދާ ވަރަށް ދިވެހިންގެ ހާލަތު ދަށްވެގެން ދާނެ ކަމަށް ޖަމީލް ވިދާޅުވި ޓުވީޓަކައް ރައްދު ދެއްވަމުންނެވެ.

އެގޮތުން ނިޒާރު ވިދާޅުވީ އެމްޑީޕީގައި ހުންނެވިނަމަ ޖަމީލަށް ވަޒީފާއެއް ލިބޭނެ ކަމަށާއި ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ޖަމީލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސަރުކާރު ދިފާއު ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ނައިބު ރައީސް ކަމުން ވަކި ކުރެއްވި ހިސާބުން ފެށިގެން އޭނާ މަސައްކަތް ކުރެއްވީ ސަރުކާރާ ދެކޮޅަށެވެ.

އަދި ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް މިހާރު ހުންނަވަނީ ޖަމީލުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނިޒާރު ތިޔަ ވިދާޅުވި 100ގެ ވާހަކައެއް. ޖަމީލް އަކީ އިރެއްގައި ބަޔަކު ބަލައިގަތަސް މިހާރު ބައުވެ އެއްލާލެވިފައިވާ ވަދުކަނޑައިގެން ގޮސްފައިވާ ފައިވާނެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: