ހުޅުމާލެ ފަޅުގައި އޮތް ބޯޓަކުން 100 ކިލޯއެއްހާ ޑްރަގްސް ފެނިއްޖެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސްގެ އެހީއާއެކު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ކައިރީގައި އޮތް ބޯޓަކުން 100 އަށް ވުރެ ގިނަ ކިލޯގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށެވެ.
މިއަދު އަތުލައިގެން ތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި މެތަންފެޓަމިން ކަމަށް ސީޕީ ވިދާޅުވިއެވެ.
ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.