ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޖަލަށްލުމަކީ ލިބޭނެ ފަހުރެއް. އާދޭސްކޮށްފައި މި ދަންނަވަނީ ޖަލަށްލާށޭ”: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ޖަލަށްލުމަކީ ލިބޭނެ ފަހުރެއް ކަމަށާއި ޖަލައްލާ ދިނުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދިއްޖެއެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ  މި ސަރުކާރުން ޖަލަށްލުމަކީ ލިބޭނެ ފަހުރެއްކަމަށާއި, އާދޭސްކޮށްފައި ޖަލައްލާ ދިނުމައް އެދޭކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ޖަލަށް ލުމަކީ ލިބޭ ފަހުރެއް ކަމަށާއި އެއީ އިސްލާމްދީނާ މިހާ ދެކޮޅު އަދި ރާއްޖޭގެ މިނިވަންކަމާ މިހާ ދެކޮޅު ސަރުކާރަކާ ދެކޮޅަށް އަޑުއުފުލާގެން ޖަލަށްލުމަކީ ގަބޫލުކުރާ ގޮތުގައި ޖިހާދެއްކަމަށެވެ.

ޖަލުގައި އަނދަގޮނޑި ޖަހާފާނެތީ ބިރު ނުގަންނަ ކަމަށާއި ބިރު ގަންނަނީ މި ގައުމުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެތީ ކަމަށްވެސްސ އަދުރޭ ވިދާޅުވިއެވެ.

ޖަލަށްލީ ނަމަވެސް މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާނެ ކަމަށާއި، 2008 ވަނަ އަހަރު އޮތް އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: