ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެންމެ ބޮޑު އިންތިހާބީ ވައުދަކީ ރައީސް ސޯލިހް ޖަލަށްލުން. އިދިކޮޅުގެ ވެރިކަމެއްގައި އެ ވައުދު ފުއްދާނަން”: އިދިކޮޅު

ޕީޕީއެމް، ޕީއެންސީ އޮފީހުގައި މިއަދުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަންގެ އެންމެ ބޮޑު އިންތިހާބީ ވައުދަކީ ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ޖަލަށްލުން ކަމަށާއި , އިދިކޮޅު ގެ ވެރިކަމެއްގައި އެ ވައުދު ފުއްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި އެ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގައުމުގެ މިނިވަން ކަމަށް އަސަރު ކުރާ އެއްބަސްވުންތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގެންފައިވާ ކަން ޔަގިންވާކަމަށެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައި ވަނިކޮށް، ހިނގާފައިވާ ކޮރަޕްޝަންތަކުގެ ޒިންމާ ފުރިހަމައަށް ރައީސް ސޯލިހް ނަންގަވަން ޖެހޭ ކަމަށެވެ.

 “އެ މައްސަލާގައި ރައީސް ސޯލިހް ބައިވެރިވި ކަމަށް “ހަދާފައި” ޖަލަށްލާނަން”  ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ވެސް ރައީސް ސޯލިހްއާއި  ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ޖަލަށް ލުން ކަމަށެވެ.

.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެރިކަމަށް އަންނަން ބޭނުންވަނީ ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ނޫންދޯ. ތީ ވަރަށް ސަޅި ވަޢުދުތަކެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: