ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ސީރިއަސް ހާލަތުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި ފަހަތުން އައި ވޭނެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 6:08 ހާއިރު ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާ ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓުވި ދެ އުޅަނދު ވެސް ދުއްވާފައިވަނީ އެ ކެޓެގަރީގެ ލައިސެންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: