ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުލައިގަނެވޭ މަސްތުވާތަކެތި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ސާފުވާންޖެހޭ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެންބަރު އިބޮރާހިމް ރަޝީދު ( ބޮންޑާ) - (ފޮޓޯ - މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

އަތުލައިގަނެވޭ މަސްތުވާތަކެތި ގުދަންކުރުމާއި ބެލެހެއްޓުމާއި ނައްތާލުމުގެ އިޖްރާތްތައް ރައްޔިތުންނަށް ސާފްވާންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ މިއަދު ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެއް ހިމެނޭ ކަމަށް ލިޔެފައިވާ ހަބަރެއް ޓްވީޓުކުރައްވަމުންނެވެ.

އެގޮތުން ބޮންޑެ ވިދާޅުވީ ޑްރަގްތައް ރައްކާކުރާ ގުދަން ހުޅުވެނީ އެއް އިދާރާގެ ހާޒިރުގައިތޯ ނުވަތަ ތިން އިދާރާގެ ހާޒިރުގައިތޯ ސާފުވާންޖެހޭ ކަމަށާއި ވަލުދޮރާށި ބަންދުކުރަން ޖެހޭ ކަމަށެވެ.

ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި ޕީއެންސީ މެމްބަރަކީ ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހީމް އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާންގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: