ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓާ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އައިޝަތު ނަހުލާ “ފްލައިޓް ޕްލޭން 2020-2025 “ގައި ސޮއި ކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ ސޮއިކުރެވުނު މި ސްޓްރެޓެޖިކް ޕްލޭނަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް އެކުލާވާލެވި ކަރުދާހަށް ތިރިކުރެވުނު ފުރަތަމަ ފަހަރުކަމަށެވެ.

މިއީ އޭވިއޭޝަން ސިނާއަތަށް ލިބުނު ތާރީޚީ ކުރިއެރުމެއްކަމަށާއި ފުރަތަމަ ފަހަރަށް، މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލެވި، ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.

ފަސް ތަނބެއްގެ މައްޗަށް ބިނާވެގެން ވާ “ފްލައިޓް ޕްލޭން 2020-2025 “ގެ މަގްސަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރިގޮތެއްގައި އަދި އިގްތިސާދީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވާދިނުން ކަމައްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: