ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި އެބަތިބި: އުމަރު

އުމަރު ނަސީރު-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި އެބަތިބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހާއި ގުޅިގެން އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ.

އެގޮތުން އުމަރު ވިދާޅުވީ މިއަދަކީ ޕޯޗުގީޒުންގެ ލަޝްކަރެއް ދިވެހިން ނިކުމެ ހަނގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މި ޤައުމުން ބޭލި ދުވަސް ކަމަށެވެ.

އެ ޒަމާނުގައި ޕޯޗުގީޒުން ހަމަލާދިނީ ކަނޑިއާއި ބަޑިން ކަމަށާއި ނަމަވެސް މި ޒަމާނުގައި ޤައުމުތަކަށް ހަމަލާ ދެނީ ކަނޑިއާއި ބަޑިން ނޫން ކަމަށެވެ. އެގޮތުން މި ޒަމާނުގައި ގައުމުތަކަށް އަރާ ހިފަނީ އެހެނިހެން ނުސީދާ ގޮތްތަކުން ކަމަށެވެ.

“މިއަދު މިވާހަކަ ދައްކާއިރު އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަހައްދެއްގައި ރުކުރުވާލާފައިވޭ. މިއީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މިއީ ހުއްޓުވަންޖެހޭ ކަމެއް” އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރަން ޑިފެންސް މިނިސްޓްރީން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާ ސިފައިން ބޭރުކުރަން ހާއްސަ ކެމްޕޭނެއް ވެސް ފަށައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: