ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން 300 މިލިއަން ރުފިޔާ ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ވިޔަފާރިތަކައް ދޫކުރާ “ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 300 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 1،815 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މިމަހުގެގ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިނޭންސް އިން ބުނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 229 ވިޔަފާރިއަކަށް 52.7 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިިވާ ކަމަށާއި ދަތުރުފަތުރުގެ ދާއިރާ އަށް 19.4 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އަމިއްލަ މަސައްކަތްކުރާ 1،856 މީހަކު ވަނީ ލޯނު އެހީއަށް އެދުނުއިރު އޭގެ ތެރެއިން 621 ފަރާތަކަށް، 18.5 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފައެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށާއި ކޮންސްޓްރަކްޝަން ދާއިރާގެ 191 ވިޔަފާރިއަކަށް 54.6 މިލިއަން ރުފިޔާ އަދި މަސްވެރިކަމުގެ ދާއިރާގެ 21 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.

މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 110 ވިޔަފާރިއަކަށް 18 މިލިއަން ރުފިޔާ ދޭން ނިންމާފައެވެ.

ކޮވިޑް 19 ގެ ސަބަބުން އާންމުދަނީ އަށް އެކި އަސަރު ކޮށްފައިވާ އަމިއްލަ ފަރާތްތަކައްވެސް ސަރުކާރުން ދަނީ އިންކަމް ސަޕޯޓް އެލެވެންސް ގެ ގޮތުގައި ގިނަ އަދަދަކައް ފައިސާ ދޫކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: