ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދޭން ޖެހެނީ ބޮންޑޭ: މަހީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލެއްވުމުން، މިނިސްޓަރު މަލީހު ރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްވަމުން ބޮންޑޭ ވިދާޅުވީ އިންޓަނެޓާއި އެނޫންވެސް މުވާސަލާތީ ކަންކަމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށަހެޅި އެގަރާރު މަޖިލީހުގެ ތަޅުމުން ފާސްކުރުމުންވެސް މިނިސްޓަރު މަލީހު އޭގެން އެއްވެސް ކަމަކަށް އަމަލުކުރައްވާފައިނުވާ ކަމަށެވެ.

“މި މަޖިލީހުގެ މެންބަރުން ފާސްކޮށްގެން ކޮމިއުނިކޭޝަން މިނިސްޓަރަށް މިވަނީ އަންގާފަ، ވަކި މައުލޫމާތު ތަކެއް ހިއްސާކުރަން، އެވަރުކަމެއްވެސް އެޔޮތީ ނުކޮށް، މިދައްކަނީ އިންޓަނެޓާއި އެނޫންވެސް މިކަމުގެ ވާހަކަ، ދެން ނުވަންޏާ އިސްތިއުފާ ދެއްވުންވެސް މާރަނގަޅު” ބޮންޑޭ ވިދާޅުވިއެވެ.

އޭނާ އަށް ރައްދު ދެއްވައި މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން އެކުލަވައިލި ސްޓެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމަނާފައިވާ ކަންކަން “ތުނޑުން ތުނޑަށް” ކުރިއަށްދާ ކަމަށެވެ.

“އެސްއޭޕީ ގެ ތަފްސީލް ބޮންޑާ އަށް ނޭނގުމުގެ ޒިންމާ މިނިސްޓްރީން ނަގަން ނުޖެހޭ،” މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށާއި ވަކި ކަމެއް ކުރަން މަޖިލީހުން އަންގާފައި ވެސް ނެތް ކަމަށެވެ. މި ހާލަތަށް ކަންތައް ގޮސް، ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ބޮންޑާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

ރާއްޖޭގެ އެތެރޭގެ ފައިބަރ އޮޕްޓިކް ކޭބަލް މިހާރު ލެވިފައިވާ ރަށަރަށުގެ މައުލޫމާތާއި އަދި އެ ޚިދުމަތް ޤާއިމްކޮށްފައި ނުވާ ރަށްރަށާއި އެކަންނުކުރެވިފައިވާ ސަބަބުތަކުގެ ތަފްސީލު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރަކުން ކޮމިއުނިކޭޝަން މިނިސްޓްރީއަށް 10 ޖޫންގައި އަންގާފައިވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ޤަރާރުގައި ބުނެފައިވާ މުއްދަތް ފަހަނަ އަޅައި އިތުރަށް ދިޔައިރުވެސް މިނިސްޓަރު މަލީހު އެކަން ނުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: