ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއާޕޯޓު: “މިއީ ނުހުއްޓާ ކުރިޔަށް ގެންދިޔަ އެމްޓީސީސީގެ ފުރަތަމަ ބޮޑު މަޝްރޫއު”

އެމްޓީސީސީއިން ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުބް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވައުދާއި އެއްގޮތަށް ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުގެ މަޝްރޫއަކީ އެއްވެސް ހުއްޓުމެއް ނެތި، މިހާތަނަށް ކުރިޔަށް ގެންދެވުނު ކުންފުނީގެ ފުރަތަމަ ބޮޑު މަޝްރޫއުކަމަށް ކުންފުނީގެ މެނޭޖިން ޑައިރެކްޓާރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓުގެ ބޮޑު އިންސައްތައެއް ނިންމާލާފައިވާއިރު، އާޒިމް އާއި ކުންފުނީގެ ހާއްސަ ޓީމެއްގެ އިތުރުން ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ހާއްސަ ޓީމެއް ވަނީ ރަށަށް ދަތުރުކޮށްފައެވެ. އެއާޕޯޓުގެ މަސައްކަތައް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރަންވޭ އާއި، އޭޕްރަންގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ ޓާމިނަލް އާއި ފަޔާ ބިލްޑިންގެ މަސައްކަތްތައް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއިން މިހާރު މަސައްކަތް ކުރަމުން ދަނީ އެއާޕީޓުގެ މަސައްކަތް ނިންމާ، ނޮވެމްބަރު 8 ގައި ސަރުކާރާއި ހަވާލުކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. ސަރުކާރުން ނިންމާފައިވަނީ ހޯރަފުށީ އެއާޕޯޓު ނޮވެމްބަރު 11 އަށް ހުޅުވުމަށްކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ވީހާވެސް އަވަހަށް އެއާޕޯޓުގެ މަންފާ ލިބިގެން ދިއުން ކަމަށެވެ.

ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް މަޝްރޫއެއް ސަރުކާރުން އެ ހަވާލު ކުރާ މުއްދަތެއްގެ ތެރޭގައި ނިންމާލުން ކަމަށެވެ. އަދި އެ މަސައްކަތެއް އެއީ އެންމެ ރަނގަޅު ފެންވަރެއްގައި ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވަނީ ހޯރަފުށި އެއާޕޯޓުގެ ސަބަބުން، މި ސަރަހައްދަށް އިގްތިސޯދީ ގޮތުން އަންނާނެ ކުރިއެރުންތައް ވެސް ފާޙަގަ ކުރައްވާފައެވެ. އަދި އެއާޕޯޓު ހުޅުވިގެން ދިއުމާއި އެކު، މި ސަރަހައްދުގެ ރަށްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

198 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ހޯރަފުށި އެއަރޕޯޓް ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުން: މަޝްރޫއު އެންމެ ފުރަތަމަ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 25 މާޗް 2019 ގައި

މަޝްރޫގެ ދަށުން ކުރެވޭނެ ކަންތައްތައް: 35 ހެކްޓަރުގެ ބިން ހިއްކުން
1120 މީޓަރުގެ ސަރަހައްދެއްގެ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް
720 މީޓަރުގެ ސެކިއުރިޓީ އަދި ބީޗް ފެންސް އެޅުން
1200 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އެޅުން
57251 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުން

ހޯރަފުށި އެއާޕޯޓުގެ ޓާމިނަލް އަދި ފަޔާރ ބިލްޑިން ތަރައްގީ ކުރުމުގެ މަސައްކަތް
މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލްކުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން 13 ސެޕްޓެންބަރު 2020 ގައި.

މަޝްރޫގެ ދަށުން ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި
4240 އަކަ މީޓަރުގެ، ފަޔަރ ބިލްޑިން އެޅުން (22 ފޫޓުގެ ދިގު އިމާރާތެއް)
14453 އަކަ މީޓަރުގެ ޕެސަންޖަރ ޓާމިނަލް އެޅުން (23 ފޫޓުގެ ދިގު އިމާރާތެއް)

ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކާފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖާރ މަހާޖައްރާފް ބޭނުންކޮށްގެންނެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކައިފަ އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 90%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: