ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ ޑްރިންކިން ވޯޓާރ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް ކޯހުގެ ބައިވެރިނަށް ސެޓްފިކެޓު ދީފި

ޑްރިންކިން ވޯޓާރ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކުރި ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިޔުއެސްސީގެ 20 މުވައްޒަފަކު “ޑްރިންކިން ވޯޓާރ ސިސްޓަމް، އޮޕަރޭޓާސް އެންޑް މެއިންޓަނަންސް” ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފިއެވެ.

މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. މި ރަސްމިއްޔާތުގައި އެންވައިރޮމެންޓް މިނިސްޓްރީގެ އިތުރުން އިންސޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެ އެވެ.

މި ކޯހާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރަމުން އެމްޑަބްލިއުއެސްސީއިން ބުނެފައި ވަނީ މިއީ ފެނުގެ ނިޒާމްތައް ހިންގާ ބަލަހައްޓަމުން ގެންދާނެ ޔޫޓިލިޓީ ކުންފުނިތަކުގެ ކަމާއި ގުޅޭ ދާއިރާތަކުގެ މުވައްޒަފުން މިކަމަށް އިތުރަށް އަހުލުވެރިކޮށް އަދި މިދާއިރާތަކަށް ބޭނުންވާ ފެންވަރު ރަނގަޅު މުވައްޒަފުން ބިނާކުރުމައްޓަކައި މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭގޮތަށް އެ ކުންފުންޏާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެމްއައިޓީ
ގުޅިގެން ތަޢާރަފް ކޮށްފައިވާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ކަމަށެވެ.

މިކޯސް ހިންގާފައިވަނީ، 15 ނޮވެމްބަރު 2019 އިން 2 މާޗް 2020 ގެ ނިޔަލަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިންނެވެ. އަދި މި ކޯހުގައި އެމްޑަބްލިޔުއެސްސީ ގެ ފަރާތުން އޮޕަރޭޓަރުންނާއި ލެބޯޓަރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޓެކްނީޝަނުންވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ. މިގޮތުން، ކުންފުނީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފެނުގެ ނިޒާމް ގާއިމްކޮށްފައިވާ ރައްތަކުގެ ތެރެއިން ގްރޭޓަރ މާލެ ރީޖަން، ކ. މާފުށި، ރ. ދުވާފަރު، ހދ. ކުޅުދުއްފުށި ހިމެނޭގޮތުން ޖުމުލަ 20 އޮޕަރޭޓަރުން ވަނީ ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ، ކުރިޔައް އޮތްތަނުގައި، ފެނާއި ނަރުދަމާގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ވެސް މިފަދަ ކޯސްތައް ފުރިހަމަކޮށްފައިވާ، ކަމުގެ ތަޖުރިބާއާއި ތައުލީމީ ގާބިލުކަން ހުރި ފަރާތްތަކަކަށް ވުން ކަމަށެވެ. އެމްޑަބްލިއުއެސްސީއިން ވަނީ ކޯހުގެ ދެން އޮތް ބެޗުގައި ކުންފުނީގެ އިތުރު މުވައްޒަފުން ބައިވެރިކުރުކުގެ އިތުރުން، ކޯހުގެ ދެންޖެހިގެން އިން ސަނަދު ސެޓްފިކެޓް ލެވެލް 4 ގައިވެސް މުވައްޒަފުން ބައިވެރި ކުރުމުގެ މަސައްކަތްތަށް ފަށާފައެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަޞީލަތްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރަށް ތަރައްގީކޮށް ކުރި އެރުވުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: