ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޝެލްސްގެ އާ ރައީސަށް، ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އަހުމަދު އަފީފް(ކ) އަދި ވެވެލް ރަމްކަލަވަންގެ--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސީޝެލްސްގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސް ލިންޔޮން ދިމޮކްރަތިކް ސެސެލްވާ (އެލް.ޑީ.އެސް) އަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި އިންތިޚާބީ ރައީސް ލިންޔޮން ދިމޮކްރަތިކް ސެސެލްވާ އަދި އެމަނިކުފާނު ތަމްސީލުކުރައްވާ ޕާޓީން ސީޝެލްސްގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

އަދި، ރާއްޖެއާ ސީޝެލްސް އަކީ ވެސް އިންޑިޔާ ކަނޑުގައިވާ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަމުގައި ވާތީ، ދެ ޤައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް ވެސް ރައީސްގެ މެސެޖުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ޤުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަށް ކުޑަކުރުން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި މި މައްސަލަތައް ޙައްލުކުރުމަށް އަޑުއުފުލުމުގައި ދެޤައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި، ސީޝެލްސްގެ އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ރައީސްގެ ޒަޢާމަތުގައި ވެސް ދެ ޤައުމުގެ ސަރުކާރުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމުގައި އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ސީޝެލްސްގެ އައު ރައީސްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: