ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް ކޮވިޑަށް ނެގެޓިވް، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ނައިބް ރައީސް  ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށާއި، ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ނައިފަރު ދާއިރާގެ މެންބަރުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އޭޑީކޭއަށް ގެންގޮސް ވަނީ ފަރުވާދޭން ފަށާފައެވެ.

އިދިކޮޅުން ބުނީ ޝިޔާމްގެ ޓެސްޓުތަކެއް ހަދައި އިތުރަށް ޗެކުކޮށްލަން ބޭނުންވާތީ އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި ޝިޔާމްގެ ޓެސްޓުތަކުން ކޮވިޑަށް ނެގެޓިވްވެ ހާލުކޮޅު ރަނގަޅުވަމުންދާ ކަމަށް ބުނެއެވެ.

އިދިކޮޅުން ބުނީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގައި ޝިޔާމްގެ މައިބަދައަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ ޝިޔާމްގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އަވަސް ޝިފާއަކަށް އެދި މެސެޖުތައް ފޮނުވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: