ޠަލާލް އަލް ޖެރީގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ދިހަ ހާސް މުސްހަފް ހަދިޔާ ކުރައްވައިފިއެވެ.
މުސްހަފްތަކާއި ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއެވެ.
މި މުސްހަފްތަކަކީ ނާއިބު ރައީސް ފައިސަލް ނަސީމް މިދިޔަ ޖެނުއަރީ މަހު ކުވެއިތަށް ކުރެއްވި ދަތުރުފުޅުގައި ލިބިގެން ދިޔަ އެހީއެކެވެ.
އެގޮތުން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ އެ ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވާ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.