ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން “ބަޑި ބުރާސްފަތި” ގެ ނަމުގައި ޖަލްސާއެއް ބާއްވަނީ

ރާއްޖެ ވިއްކާލުމާ ދެކޮޅަށް ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ލީޑާޝިޕްގެ ޝުޖާއު/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން “ބަޑި ބުރާސްފަތި” ގެ ނަމުގައި ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ނޮވެމްބަރު 3 ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ.

އަދި މި ޖަލްސާ އޮންނާނީ އެ ދުވަހުގެރޭ 8:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ކާނިވާ ސަރަހައްދު ހޯދުމަށް މާލޭ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އަދި ގައިދުރުކޮށް ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމަށް އެދި އެޗްޕީއޭ އަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ސިޓީތަކުގެ ޖަވާބަކަށް އިންތިޒާރު ކުރާނީ މާދަމާގެ އިރުއޮއްސުމާ ހަމައަށް ކަމަށާއި، އެ ވަގުތަށް ޖަވާބެއް ނުލިބިއްޖެނަމަ “ޕްލޭން ބީ” ވަގުތުން އެކްޓިވޭޓް ވާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: