ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފަސްކުރި” ދޯންޏަށް އެރި މައްސަލައާ ގުޅިގެން ހައްޔަރުކުރި 16 މީހުން ވެސް ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލ އަތޮޅު ވަޑިނޮޅި ކައިރިން ތޫނު އެއްޗެއްސާއި އެކު “ފަސްކުރި” ނަމަކަށް ކިޔާ ދޯންޏަށް އެރި މައްސަލައާ ގުޅިގެން ހައްޔަރުކުރި 16 މީހުން ވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމީހުން ދޫކޮށްލީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ކަމަށާއި އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

މި މައްސަލައިގައި ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުގީގު ތެރެއިން ބެލިގެންދާނެ ކަމަށާއި އަދި މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ދޯނީގެ ފަޅުވެރިން ބުނީ ގާތްގަޑަކަށް 27 މީހުންގެ ބޮޑު ގްރޫޕަކުން ދޯންޏަށް އެރީ ތޫނު ހަތިޔާރާއި އެކު ކަަމަށެވެ. އަދި އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށާއި ދޯނިން ނުފައިބާނަމަ “ކޮށާލާނެ” ކަމުގެ އިންޒާރު ވެސް ދިން ކަމަށް ފަޅުވެރިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: