ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖުއާ ގުޅިފައިވާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ  އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭމަތީ މަސައްކަތެއްކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި ސައިކަލެއް ގޮސް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 25 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އޭނާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޚަމްތަކެއް ލިބިފައިވާއިރު އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:35 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު ގެންދަނީ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: