ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނީގެ ކެޓަގަރީއަށް ފޯމްލީ މީހުންގެ ތެރެއިން ނުގުޅުނު މީހުންގެ މައުލޫމާތު އާންމުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

“ހިޔާ މަޝްރޫޢު” ގެ ދަށުން ފުލެޓަށް އެދި H7ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި އިތުރު 93 ފަރާތެއްގެ ނަން ހާމަކޮށްފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ބުނީ H7 ނުވަތަ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އިތުރު ފަރާތްތަކަކާ ނުގުޅޭކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން ފާހަގަކުރެވިފައިވާ 93 ފަރާތެއްގެ ނަން އެ ކޮމިޓީން ވަނީ ހާމަކޮށްފައެވެ. މީގެކުރިން އެ ކޮމިޓީން ވަނީ ކެޓެގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ފޯނުން ނުގުޅޭ 509 ފަރާތެއްގެ ނަން ވެސް ހާމަކޮށްފައެވެ.

އެ ފަރާތްތަކަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ފާހަގަކުރެއެވެ.

ފްލެޓް ކޮމިޓީން ވަނީ އެ ދެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ވެސް މި މަހުގެ ފަސްވަނަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv/ ފޯމު ފުރިހަމަ ކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: