ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްކަމުން ޖަމީލު ވަކިކުރި މައްސަލައިގެ ޝަރީއަތް ފަށަނީ

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރި މައްސަލައިގެ ޝަރީއަތް މި މަހު ފެށުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހަށެވެ. މި މައްސަލަ ބައްލަވާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ޖަމީލު ވިދާޅުވީ ނައިބު ރައީސްކަމުގެ މަގާމުން މީހަކު ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ ގޮތްތަކާ ހިލާފަށް ކަމަށެވެ.

ޑރ. ޖަލީލު ގެ މައްޗަށް އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ 61 މެންބަރުން ސޮއިކުރައްވާފައިވާ ޤަރާރެއް އޭރުގެ ސަރުކާރުގެ ފަރާތުން ހުށައެޅީ 30 ޖޫން 2015 ގައެވެ. އަދި އެ މައްސަލަ އަވަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް އާއްމު ކޮމިޓު އޭރު އިސްލާހު ކުރިއެވެ.

މަގާމުން ވަކި ކުރެއްވި އިރު ޖަމީލު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ނައިބު ރައީސަކު މިފަދަ ގޮތަކަށް މަގާމުން ދުރު ކުރި ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: