ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު މައްސަލަ ރިވިއު ކޮށްދޭން އެދެން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓްރީ އިން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގައި ހިޔާނާތާއި މަގާމުގެ ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ރިވިއު ކޮށްދޭން އެދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަދި މިއަދުގެ ޖަލްސާގައި 50 މެމްބަރުންގެ ވޯޓާއެކު އެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓުގައި މައިގަނޑު ތިން ހުށަހެޅުމެއް ވަނީ ހިމަނާފައެވެ.

ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ.

ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ.

ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: