ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހާ ރަހީނުކޮށް، ފައިސާ އަތުލި މައްސަލަ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް ދިޔަ އަންހެން މީހާ ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި ޢަމަލުތައް ހިންގާ ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެކަން ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ 22:45 ގައި ކަމަށެވެ.

އަދި އެ އަންހެން މީހާ މިއަދު ހެނދުނު 8:45 ހާއިރު އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލް ކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ވިކްޓިމް ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: