ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނިދޫގެ ފެނުގެ މައްސަލާގައި އެޗުއާރްސީއެމް އިން ނެރުނު ބަޔާންނުން ހަގީގަތް އޮޅޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތިބޭ މީހުންނަށް ސާފު ބޯފެން ފޯރުކޮށްނުދޭ ކަމަށް ބުނެ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ނެރުނު ބަޔާނުގެ ސަބަބުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދޫނިދޫ ޖަލުގައި ބަންދުގައި ތިބި މީހުން ބޯން އެކަށީގެންވާ ފެން ފޯރުކޮށް ނުދޭތީ އެކަމަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން އެޗްއާރްސީއެމުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

މިއަދު ފުލުހުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި، އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދަނިކޮށް، ފުލުހުން މިކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅާފައި ނުވާކަމަށް ބަޔާންކޮށް އެޗްއާރްސީއެމުން ނޫސްބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށްކަމަށެވެ.

ބަޔާނުގައި ބުނީ ދޫނިދޫގައި ސާފު ބޯފެން ލިއްބައިދިނުމަށްޓަކައި އެރަށުގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން ފޯރުކޮށްދެވެމުންދާ ކަމަށާއި މިގޮތުން ފޯރުކޮށްދެވޭ ފެނަކީ ދޫނިދޫގައި ބަންދުކުރެވޭ ގައިދީންނާއި އަދި އެތަނުގައި ޑިއުޓީކުރާ ފުލުހުންނާއި އެހެންވެސް ބޭނުންތަކުގައި ދޫނިދުއަށް އައިސް ގޮސްވާ ހުރިހާ އެންމެންވެސް ބޭނުންކުރާ ފެނެއް ކަމަށެވެ.

އެޗް.އާރް.ސީ.އެމްގެ ފަރާތުން ދޫނިދުއަށްކުރި ޒިޔާރަތުގައި އެތަނުގެ ފެން ޓެސްޓްކުރިއިރު ބައެއް ގޮޅިތަކުން ނެގުނު ފެނުގައި “ކޮލިފޯމް” ހުރިކަމަށް ފާހަގަކޮށް، 72 ގަޑިއިރުގެ މުހުލަތެއް ދީ 27 އޮކްޓޫބަރ 2020 ވަނަ ދުވަހު ސިޓީއަކުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި ފެން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: