ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޮޅުތަކަށް ދަތުރުދާ މީހުން ދޫނިތަކަށް ބަލައިގެން އުޅުމަށް ނަޝީދު އެދިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޮޅުތަކަށް ދަތުރުދާ މީހުން އެތަން ތަނުގައި އުޅޭ ދޫނިތަކަށް ބަލައިގެން އުޅުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދުގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެއާއި ރާއްޖެވެސް ބަންދުވެފައި އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދޫނި ސޫފާސޫފި ބިސްއަޅައި އާލާވުމަށް ފުރުޞަތު ފަހިވެގެން ދިޔަ ކަމުގައެވެ.

“ކޮވިޑުގެ ރޯގާއާ ގުޅިގެން ރާއްޖެއާއި ދުނިޔެ ބަންދުވެފައި މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ދޫނިސޫފާސޫފިތަކަށް ބިސްއަޅައި ވިހާނެ ޖާގައާއި މުއްދަ ވަރަށް ބޮޑަށް ލިބިގެން ހިނގައްޖެ. އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ އެދޭ ކަމަކީ، ފިނޮޅުތަކަށް މޫދަށް އެރެން ވަޑައިގަންނަވާއިރުގައި އެ ދޫނިތަކަށްވެސް ބައްލަވައިލައްވާ” އެމަނިކުފާނު ވިދާޅުވިއެވެ.” ނަޝީދު ވިދާޅުވިއެވެ.

އަދި ފިނޮޅަށް އަރާ ގޮތަށް މުޅި ރަށް ވަށައިގެން ހިނގައި، ގޮނޑުދޮށުގައި ހުރީވިއްޔާ ހުރި ރިނދައްޔެއް ނެގުމުގެ ބަދަލުގައި ދޫނިތަކާވެސް އެކީގައި މޫދަށް އެރިއުޅުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: