ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި ދިން ހަމަލާއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށި ސިޓީ-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހަމަލާދީފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކަށެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ އެ ރަށު “ބަރާބަރު” ފިހާރައިގެ ތެރޭގައި ކަމަށެވެ. ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އެފިހާރައިގެ މުވައްޒަފެކެވެ.

މިއަދު ގާތްގަނޑަކަށް 11:30 ހާއިރު ހިންގި މި ހާދިސާގައި ޒަހަމްވެފައިވާ ޒުވާނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: