ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސް މަރުގެ މައްސަލާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ސަތާރަ ވަނަ އަހަރު ގްރޫޕަކުން ތޫނި ހަތިޔާރު ބޭނުން ކޮށްގެން އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްވެއްޖެއެވެ.

އަނަސް މަރާލި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. މިއަދުގެ އަޑު އެހުމަށް ހެކި ހާޒިރު ނުކެރެވުނު ސަބަބު ދައުލަތުން އޮޅުންފިލުވައި ނުދެ އެވެ. އަނަސްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ ޑރ. އިބްރާހިމް މޫމިން ވަނީ ހެކިބަސް ދީފަ އެވެ.

މި މައްސަލާގައި ދައުވާ ކުރާ ހަތް މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. އެކަމަކު އެ އަޑުއެހުން ކެންސަލް ވެފައިވާ ކަން ކްރިމިނަލް ކޯޓުން ވަނީ އަންގައިފައެވެ. އަޑުއެހުން ކެންސަލްވި ސަބަބެއް އަދި ނޭނގެއެވެ.

އަނަސް މަރާލުމުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: