ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވި ބޭފުޅެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ނިޔާވި ބޭފުޅެއް އެމެރިކާ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެއްޖެއެވެ.

ޑޭވިޑް އަންޑަލް ނަމަކަށް ކިޔާ ބޭފުޅާ އަކީ ނޯތް ޑަކޯޓާގެ ވިޔަފާރިވެރިއެކެވެ. އޭނާ ނިޔާވެފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭގެ މަހެއް ފަހުން އޭނާ މިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ވެފައެވެ.

ރިޕަކްބިލަކަންގެ ކެންޑިޑޭޓު ޑޭވިޑް އިންތިހާބުވީ ނޯތު ޑަކޯޓާގެ 8 ވަނަ ޑިސްޓްރިކްޓަށެވެ. އޭނާ އަށް 35.53 ޕަސެންޓު ވޯޓު ލިބިފައިވާ ކަމަށް ނުރަސްމީ ނަތީޖާއިން ދައްކައެވެ. އެ ޑިސްޓްރިކްޓުން ދެން ހޮވުނު އަނެއް ކެންޑިޑޭޓަކީ ޑޭވް ނެހްރިންގެވެ. އޭނާ އަށް 40.72 ޕަސެންޓު ވޯޓު ލިބިފައިވެއެވެ.

ޑޭވިޑް ނިޔާވުމާއެކު އޭނާ އިންތިހާބު ވެއްޖެ ނަމަ ދެން ކަންތައްވާނެ ގޮތާމެދު ވަނީ ސުވާލު އުފެދިފައެވެ. ނޯތު ޑަކޯޓާގެ އެޓާނީ ޖެނެރަލް ވިދާޅުވީ މި މައްސަލާގައި ޑޭވިޑްގެ ބަދަލުގައި ގާނޫނު ހަދާ މަޖިލީހަށް އެހެން ކެންޑިޑޭޓަކު އައްޔަނުކުރުމުގެ އިހްތިޔާރު ރިޕަބްލިކަން ޕާޓީއަށް ދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: