ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާކުރައްވާނީ ބައިޑެން!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި މުޅިން ސާފެއްނުވި ނަމަވެސް އެއްކަމެއް މިހާރު ޔަގީން ވެއްޖެއެވެ. އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މަގާމުގެ ހުވާކުރައްވާނީ ޖޯ ބައިޑެންކަމެވެ.

ވައިޓްހައުސްއަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ޖޯ ބައިޑެން ހޯއްދަވާނޭކަމީ މިހާރު ދެން ކަށަވަރު ކަމެކެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވާދަވެރިޔާ އަދި އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން މިހާރު މުޅިން ކަށަވަރު ކުރެވިއްޖެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެވޭވަރަށް އިލެކްޓޯރަލް ވޯޓު ލިބޭނެކަމުގެ ޔަގީންކަންވެސް ލިބިފައިވާ ކަމަށެވެ.

ނަތީޖާއަށް ބަލާއިރު ބައިޑަން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް އަދި ލިބިފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އެހެންކަމުން އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ 270 ވޯޓް ހަމަކުރުމަށް ބައިޑަން ބޭނުންވަނީ އެންމެ ހަ ވޯޓުކަމަށްވާއިރު ޓްރަމްޕަށް 56 ވޯޓު ބޭނުންވެ އެވެ.

ރައްޔިތުންގެ ޖުމްލަ ވޯޓަށް ބަލާއިރުވެސް ގާތްގަނޑަކަށް ދެ ޕަސެންޓުގެ ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބައިޑަން އަށް 70 މިލިޔަނަށްވުރެ ގިނަ ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 68 އަށް މިލިޔަނަށްވުރެ ގިނަ ވޯޓެވެ.

އެމެރިކާގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާގޮތުން  މިހާރު ގުނާ ވޯޓުތަކުގެ ތެރޭގައި ގިނައީ ޕޯސްޓް މެދުވެރިކޮށް ލާފައިވާ ވޯޓުތަކެވެ. އަދި  ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މީހުންގެ ތެރޭގައި ގިނައީ ބައިޑަންއަށް ތާއީދުކުރާ މީހުންކަމުން މިވޯޓުތަކުން ޓްރަމްޕަށް އިތުރު ކުރިއެރުމެއް ނުލިބޭނެކަމަށް ވަނީ ބުނެފައެވެ.

އަދި އެގައުމުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މި އިންތިހާބު ބައިޑެން ކާމިޔާބު ކުރައްވާ މަގާމުގެ ހުވާ ކުރައްވާނެ ކަން މިހާރުވަނީ ޔަގީންނ ވެފައެވެ.

 

ވަރަށް ގަދަ
13%ވަރަށް ގަދަ 73%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: