ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެންވެސް ބަޣާވާތެއް ނުކުރާނޭ ދަންނަވާކަށް ނުކެރޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެއްވެސް ސަރުކާރު ވައްޓާލަން ފުލުހުން ދެން ނުނިކުންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ހިނގިފަދަ ސަލާމަތީ ބާރުތަކުން ބަޔަކު ގައުމަށްވީ ގައްދާރުވުން ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަދި އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ނުކުރޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ފުލުހުންގެ ތެރެއިންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ވެރިކަން ނިމުމަކާ ހަމައަށް އައި އިރު ސަރުކާރު ވައްޓާލުމުގެ ހަރަކާތުގައި ފުލުހުން ބައިވެރިވެދާނެ ކަމަށް ފުލުހުންގެ ވެރިންނަށް އަންގާފައި ވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: