ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިއަދު އެ ރިސޯޓުން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިއާއެކު އެ ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް އައި އިރު 20 ކޭސް ފެނިފައިވާ ކަމަށާއި، އަދި މި މަހުގެ 3 ވަނަ ދުވަހު އިތުރު 30 ކޭސް ފެނިފައިވާ ކަމަށް އެ ސެންޓަގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ. މި ކޭސްތައް ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިން ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޑިޕާޗާއަށް އެ ރިސޯޓުން ޓެސްޓު ކުރި ގެސްޓެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީ އިން މައުލޫމާތުދިން ގޮތުގައި އެރަށުގައި ތިބި ފަތުރުވެރިންގެ ތެރެއިން މިވަގުތު ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ރިސޯޓުން ފުރޭނީ ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓު ނުވާނަމައެވެ. އަދި ފުރުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާ ނެގެޓިވްވާން ޖެހޭނެ ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: