ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީއިން ހަބް ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ދަރަނިތަކަކާ ކުރިމަތިވެފައިވާ ޑީއާރުޕީީން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަބް ކުންފުންޏަށް ދައްކަން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ހުކުމްކުރީީ އެ ޕާޓީން އެކި ފަހަރު މަތިން ހަބް ކޮމްޕެނީން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން މައްސަލައިގައި ދައުވާ ކުރުމުންނެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ވެސް 2015 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެހެން ނަމަވެސް ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ޑީއާރުޕީން ދައްކަމުން ނުދާތީ ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި 2016 ވަނަ އަހަރު އެ ކޯޓުން ނިންމީ ހުކުމް މިވަގުތު ތަންފީޒުކޮށްދެވެން ނެތް ކަމަށެވެ.

އެއީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ޑީއާރުޕީން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާތީ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ. މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފްކުރުމުން އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާނެ އެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީގެ، ދަރަނީގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ދިޔައެވެ. އެގޮތުން ބައެެއް އަމިއްލަ ފަރާތްތަކަށާއި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ކޯޓުތަކުން ހުކުމް ކޮށްފައި ވެސް ވެއެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ މައްޗަށް ދަރަނީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް 19 މިލިއަން ރުފިޔާގެ ދައްކަން އެ ޕާޓީގެ މައްޗަށް ކޯޓުން ހުކުމްކޮށްފައިވާއިރު އެމްޓީސީސީއަށް ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން އެ ޕާޓީގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

ރައީސް މައުމޫނަށް ފަހު ޑީއާރުޕީ ހިންގެވީ ކުރީގެ ހޯމް މިނިސްޓަރު ތަސްމީން އަލީ އެވެ. އަދި އޭގެ ފަހުން ކުރީގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެ ޕާޓީ ހިންގެވި އެވެ. މިހާރު ޑީއާރުޕީގެ ލީޑަރަކީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ހަބް ކުންފުންޏަށް ޑީއާރުޕީން ފައިސާ ދައްކަންޖެހޭ ކަމަށްބުނާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ. މި މައްސަލައިގެ ފަނޑިޔާރުގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް މަޙާޒް ޢަލީ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: