ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން ގޮވާލާ މަޖިލީހަށް ގަރާރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.

އެ ގަރާރުގައި ބުނެފައިވަނީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔޫގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމާއި، އެކަމާ ގުޅިގެން ބޭކާރު ގިނަގުނަ ހަރަދުތަކެއް ހިނގައި، ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.

އަދި ކިރާ މަހަށް ފައިސާ ލިބުން ލަސްވުމާއި، ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ. އެހެންކަމުން މި ކަންކަން ހައްލުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: