ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓުން ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34.7 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަންނަ އަހަރާ ކުރިމަތިލާއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާއިހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓު ހުށަހަޅުއްވައި ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިޤްތިސާދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައިކަމަށާއި މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިޤްތިސާދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށެވެ.

“2021 ވަނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޮވިޑް-19 ގެ އިޤްތިސާދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެ، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށް. މިގޮތުން، ރާއްޖޭގެ ތަރައްޤީ އާއި ޚިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްޤީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ.” އަމީރު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިޤްތިސާދު މި އަހަރު 4.4 އިންސައްތައިން ދަށްވާއިރު، ތަރައްޤީ ވަމުން އަންނަ ޤައުމުތަކާއި، ރާއްޖެ ފަދަ ޖަޒީރާ އަދި ޓޫރިޒަމަށް ބަރޯސާވާ ޤައުމުތަކަށް ކޮށްފައިވާ އަސަރު އަދި މާ ބޮޑުކަމަށެވެ. އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއަރާނެކަމަށް އައި.އެމް.އެފް އިން ލަފާކުރަނީ 5.2 އިންސައްތައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: