ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދޭން ހުޅުވާލަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ޓެލެކޮމް ހިދުމަތް ދޭން އިތުރު ކުންފުންޏަކަށް ލައިސަންސް ދިނުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ނިންމާފައިވަނީ ސަރުކާރަށް އިތުރު ޢާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުންނެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޢާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެގޮތުން އަންނަ އަހަރު ޢާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާކަމަށެވެ.

އެގޮތުން އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމަށާއި އަދި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުން ހިމެނޭ ކަމަށެވެ. އެގޮތުން މި ބަދަލާއެކު އަންނަ އަހަރު ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަދި ޓެލެކޮމް ހިދުމަތްދޭން އަންނަ އަހަރުގެ ކުރީކޮޅު އާ ކުންފުންޏަށް ލައިސަންސް ދޭން ޓެންޑަރަށް ހުޅުވާލާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޓެލްކޮމް ޙިދުމަތް ދެމުންދަނީ ދެ ކުންފުންޏަކުންނެވެ. އެއީ ދިރާގާއި އުރީދޫއިންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: