ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޑިންމަ މުވައްޒަފުގެ މަރު: ފުލުހަށް މައްސަލަ ހުށައެޅުމުން މައްސަލަ ނުބެލޭނެކަމަށް ބުނި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކަޑިންމަ ރިޒޯޓުން ނިޔާވި މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށައެޅުމުން އެމައްސަލަ ނުބެލޭނެކަމަށް ބުނެ އަނބުރާ ފޮނުވާލި ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާދަމް ނިސާރު ނިޔާވުމާއި ގުޅިގެން ފުލުހުންނަށް މައްސަލަ ހުށައެޅުމުގެ ކުރިން އެމައްސަލަ އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ބަލާފައިވާކަމަށް ވިދާޅުވިއެވެ. އަދި މައްސަލަ ހުށައެޅުމުގެ ކުރިން ސީދާ މެމްބަރު އާމިރާއި ބައްދަލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، މައްސަލަ ގދ އަތޮޅުގެ ޕޮލިސް ސްޓޭޝަނަށް ހުށައެޅުމުން ކަންކޮށްފައިވަނީވެސް، ކަންކުރަންވާނެ ފަދަ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން އާދަމް ނަސީރުގެ ދަރި، އެމައްސަލަ ހުށައެޅުމުން އެމައްސަލައަކީ ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ، މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެމައްސަލަ ބަލައިދޭނެކަމަށް ބުނެ ފަހުން އަލުން ގުޅާފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ މިކަން ހިނގައިގެންވާނެ ގޮތެއްނޫން ކަމަށާއި އެކަމުގެ އިންޓަގްރިޓީގައި ސުވާލު އުފެދޭފަދަ ކަންކަން އެބަހުރިކަމަށް އާމިރު ވިދާޅުވިއެވެ. އިންޓަގްރިޓީގެ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބަލަން ޖެހޭ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ނިކަމެތި އާއިލާތަކަށް ނުތަނަވަސްކަން ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.

މަސައްކަތް ކުރާ ތަނުގައި ރަޖިސްޓްރީކުރެވިފައި ވާނެ ކަމެއް ދިމާވެއްޖިއްޔާ ގުޅާނެ އިތުރު ނަމްބަރެއް އޮންނާނެ. އެހެންވީމާ އެކަން ކުރެވެންވާނެ! ފަހަރުގައި ރިޒޯޓްގެ ވެރިންނަށް ނޭންގި މިކަން ހިނގާފައި އޮވެދާނެ. އެއްވެސް ހާލެއްގައި ރިޒޯތް ވެރިންގެ ކުށެކޭ ނުދަންނަވަން. ބޮލުގައި އިލްޒާމް އަޅުވާކަަށްވެސް ނޫޅެން. އެހެންނަމަވެސް، އިހުމާލު މީގައި ވާކަން އެތައް ބައެއްގެ ވާހަކައިން އެބަ އިނގޭ

އާދަމް ނަސީރު ބަލިވެގެން ރިސޯޓުން އެކަށީގެންވާ ފަރުވާއެއް ލިބެންނެތި އޭނާގެ ބަލި ޙާލަތު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ގާތްގަނޑަކަށް 4 ގަޑިއެއްހާއިރު ތެރޭގައި އޭނާ ވަނީ ނިޔާވެފައިވާކަން ފާހަގަކުރައްވާ އާމިރު ވަނީ މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ. މައްސަލަ މަޖިލީހަށް ބަލައިގެންފައިވާއިރު، އާމިރު ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ އެކަށީގެންވާ ފަރުވާއެއް ހޯދުމަށް އެ ރިސޯޓުން ފުރައިގެން ދިއުމުގެ ހުއްދައަކަށްއެދި އާދޭސް ކުރި އިރުވެސް އެ ރިސޯޓުގެ މެނޭޖްމެންޓުން އިޖާބަނުދީ އަޅާލުން ކުޑަކުރުމުގެ ސަބަބުން، އޭނާގެ ބަލިޙާލަތު އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރައްވާފަވެއެވެ.

އާމިރު ވިދާޅުވީ، އާއިލާގެ ފަރާތުން ރިޒޯޓާއި ދޭތެރޭ އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ބަލި ހާލަތު ބޮޑުވެގެން ދިޔައިރުވެސް އެއްވެސް ފަހަރަކު ރިޒޯޓުގެ ފަރާތުން އާއިލާއަށް ގުޅުމަށްފަހު އާއިލާއަށްއެކަން އަންގާފައިނުވާ ކަމަށެވެ.

ކަޑިންމަ ރިޒޯޓު އޮޕަރޭޓްކުރުމަށް ދޫކޮށްފައިވާ ހުއްދަ މިހާރު ބާތިލްކޮށްފައިވާއިރު، އާދަމް ނަސީރުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެޗްޕީއޭއަށް ރިޒޯޓުގެ ފަރާތުން މައުލޫމާތު ދީފައިވަނީ އެކިފަހަރު އެކިގޮތަށްކަމަށް އެޗްއީއޯސީއިން ބުނެއެވެ. އޭނާ ނިޔާވީ ބަލި އުޅޭތާ ދެހަފްތާއެއްހާ ދުވަސް ފަހުން ކަމަށާއި އެކިފަހަރު މަތިން ފަރުވާއަށް ފޮނުވުމަށް އެދުމުންވެސް ރިޒޯޓުގެ ފަރާތުން އިޖާބައެއް ދީފައިނުވާކަމަށް އާއިލާއިން މައުލޫމާތުދީފައިވެއެވެ. ކަޑިންމަ ރިޒޯޓުގައި ކޮވިޑްގެ ކޭސްތަކެއް އުޅޭކަން ފެންމަތިވީ އާދަމް ނަސީރު ނިޔާވުމާއި ގުޅިގެން ހެދި ޓެސްޓް ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު، އެރިޒޯޓުން 60 މީހުންނަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: