ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން އިންޑިއާގެ ފޮރިން ސެކެޓްރީއާ ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވަރްދަން ޝްރިންގްލާއާ، ވާދަވެރި ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑިޔާ ހައިކޮމިޝަންގައި ބޭއްވުނު ބައްދަލުވުމުގައި، ޕީ.ޕީ.އެމް.-ޕީ.އެން.ސީ. ގެ ބޭފުޅުންވަނީ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަރުކާރުން ނުޙައްޤުން ދެމުންދާ އަނިޔާތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެތައްގޮތަކުން ފުށޫއަރާ ޝަރީއަތެއްކަމަށް ވިދާޅުވެފައެވެ.

ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ޤާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއްއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާރވިސް ކޮމިޝަންކަމުގައި ފާހަގަކުރައްވާފައެވެ. ރައް

މި ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތެރޭގައި ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށައެޅިއެވެ.

އަދި ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: