ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ އެންމެ މުހިންމު މަސައްކަތަކީ މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ މާލެއަށް އުފަން، އަމިއްލަ ބޯހިޔާވަހިކަން ނެތް މީހުންނަށް ޚާއްސަ މަޝްރޫއުތަކެއް ފެށުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ރައީސް ގައުމާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރާއިރު، ސަރުކާރުގެ އަމާޒުން މާލެ ކައްސާލައިގެން ނުދާކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޚާއްސަ މަޝްރޫއުތަކެއް މާލެ ސަރަޙައްދުގައި ފެށުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19އާއެކު، ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބެވެން ނެތްކަން އަނެއްކާވެސް ޔަގީންވެގެން ހިނގައްޖެކަމަށެވެ. މިއީ އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި ނަމަވެސް މިއީ، އަމަލީ ގޮތުން ހައްލެއް ހޯދުމަށް މިހާތަނަށް މާބޮޑު މަސައްކަތެއްނުކޮށް އިހުމާލުވެފައި އޮތް ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އިގްތިސާދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ ކަމަށާއި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައިކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސާފު ބޯފެން ލިބުމާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ދިނުމަށް އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، ބޯފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، މިހާތަނަށް ނުފެށި ހުރި ރަށްރަށުގައި، މިއަންނަ އަހަރު ޢަމަލީ މަސައްކަތް ފަށަން. އަދި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް ޤާއިމްކުރަން.

ރައީސްގެ ވާހަކަފުޅުގައި ނަފްސާނީ ދުޅަހެޔޮކަމަށް، ޤައުމީ ފެންވަރުގައި ޚާއްސަ ސަމާލުކަމެއް ދީގެން  ކުރަމުންދާ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމަސައްކަތް ކުރަން ފެށިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި އެ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް، އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިމަތިވެފައި މިވާ ކޮވިޑްގެ ހާލަތުގެ ސަބަބުން، މުޅި ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުން ކަމަށެވެ. މިމަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް މިހާރުވެސް ފަހިކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: