ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ދުވަސް: ހުނަރާއި އިލްމުގެ އަލީގައި ކުރިބޯށިތަކާ ހަމަޔަށް ވާސިލްވުމުގެ ދޮރު ހުޅުވިއްޖެ ހެއްޔެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

އަތިރީގޭ މުހައްމަދު އަމީނުގެ މޭސްތިރިކަމުގައި އެކެއް ޖަނަވަރީ 1953 ގައި ގާއިމު ކުރެވުނު ޖުމްހޫރިއްޔާ ދެމިއޮތީ އެއަހަރުގެ އެކާވީސް އޮގަސްޓާ ހަމައަށެވެ. ދެން އަނެއްކާވެސް ދިވެހި ރާއްޖޭގެ ތަހުތަށް އިސްކުރެވުނީ ރަސްކަމެކެވެ.

ދިވެހިރާއްޖޭގައި އެތަކެއް ސަތޭކަ އަހަރަށް ދެމިގެންއައި ބޯދާ ރަސްކަމެއް އުވާލައި ޖުމްހޫރިއްޔަތެއް އިއުލާން ކުރާނީ މުހައްމަދު އަމީނު ވިޔަސް އަދި އެހެންމީހަކުވިޔަސް ސަބަބުތަކެއް ހުރެގެންނެވެ. މަގްސަދެއް އޮވެގެންނެވެ. އެމަގްސަދު ފުރިހަމަވީ ކިހާވަރަކަށްކަމާމެދު ވާހަކަ ދެއްކިދާނެއެވެ.

މުހައްމަދު އަމީނު ގެންނެވި ޖުމްހޫރީ ނިޒާމު އެންމެ އަށެއްކަ މަހުން ފޭލްވެ އަނެއްކާވެސް ރަސްކަން އިއާދަވުމަށްފަހު ފަނަރަ އަހަރު އެގޮތުގައި ދިޔައެވެ. ދެން އެގާރަ ނޮވެމްބަރު 1968 ގައި ފެށުނީ އަނެއްކާވެސް ޖުމްހޫރިއްޔާއެކެވެ. ދެން ދިވެހި ރައްއޔިތުންގެގ މައްޗަށް އިސްކުރެވުނީ ވެލާނާގޭ އިބްރާހިމް ނާސިރުއެެވެ.

ދެން މިހިސާބުން އުފެދޭ ސުވާލަކީ މުހައްމަދު އަމީނާއި އިބްރާހިމް ނާސިރުގެ މަގްސަދުތަކާއި ސިޔާސީ ހިކުމަތު އަމަލީގެ ވާހަކަދައްކަން އަޅުގަނޑަކީ ކާކުބާވައެވެ?. އުމުރުން އެންމެ 20 އަހަރުގެ އަޅުގަނޑުގެގ ޅަ ސިކުޑިއަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއާާއި ބެހޭގޮތުން އެނގޭނީ ކޯއްޗެއްހެއްޔެވެ.? ރަގަނޅެވެ. އެބޭފުޅުންގެ އަރިހުގައި އެމަންޒަރު ދެކޭން ދުނިޔޭގައި އަޅުގަނޑެއް ނެތީމެވެ. އެހެންނަމަވެސް އެބޭފުޅުން ކުރެއްވި ކަންކަމާއި ބާރުއެޅުއްވި ކަންކަން އެނގޭން އެބަހުއްޓެވެ. އެކަންކަމާމެދު އެކިބޭފުޅުން ލިޔުއްވި ލިޔުންތައްވެސް ފެންނާން އެބަހުއްޓެވެ.

އެކެއް ޖަނަވަރީ 1953 ގައި މުހައްމަދު އަމީނު ޖުމްހޫރިއްޔަތެއް އިއުލާން ކުރެއްވީ ދިވެހިރާއްޖޭގެ ރަސްކަމުގެ ސިންގާސަނާ ފަޅަށް ހުންނަތާ އަހަރުތަކެއް ފަހުންނެވެ. ޒަމާނުއްސުރެ އާއިލާ ތަކުން ވާރުތަވަމުން އައި ދިވެހި ރާއްޖޭގެ ރަސްކަމުގެ ދާނަށް ނިމުމެއް ގެނައުމުގެ އެންމެ ބޮނޑު މަގުސަދަކަށްވީ ހުނަރާއި އިލްމުގެ އަލީގައި ކުރިބޯށިތަކާ ހަމަޔަށް ވާސިލްވުމުގެ ދޮރު ހުޅުވާލުމެވެ. ހުނަރާއި އިލްމުން އެންމެ މަތީމަގާާމުތަކަށް އައުމުގެ މަގުފަހި ކުރުމެވެ. ފަންތިއާއި ގިންތީގެ ބޯދާ އުސޫލު އުވާލައި މާލެއާއި އަތޮޅުތެރޭގެ އިމްތިޔާޒުގެ ތަފާތު ނައްތާލުމެވެ.

އޭގެ ފަހުން ދިވެހިންގެ މައްޗަށް އެތަށް ރައީސުންނެއް އިސްކުރެވި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއަށް 52 އަހަރުވީއެވެ. ދެން އުފެދޭ ސުވާލަކީ ހުނަރާއި އިލްމުގެ އަލީގައި ކުރިބޯށިތަކާ ހަމަޔަށް ވާސިލްވުމުގެ ދޮރު ހުޅުވެއްޖެހެއްޔެވެ.

ބަދުލުވީ ހަމައެކަނި ނަމެވެ. ޖުމްހޫރީ ނިޒާމަށް ބަދަލުވީއެވެ. ރަސްކަމުގެ އުސޫލެކޭ އެއްގޮތަށް ވާރުތަވަމުންނ ނަޔަސް, އަދިވެސް އާރާއި ބާރާއި , ނުފޫޒަކީ ވެރިންގެ އާއިލާތަކާއި ގާތްމީހުންގެ ހައްގެކެވެ. ލިބިފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަތީމަގާމުތަކަށް އިސްކުރެވެނީ ވެރިން ބޭނުންވާ މީހާއެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޅަ ސިކުނޑީގެ ވިސްނުމެއް ނޫނެވެ. ދިވެހި ރައްޔިތުން މިކަމަށް ހެކިވާނެކަން ޔަގީނެވެ.

މަތީތައުލީމެއް ހާސިލްކޮށްގެން ހުއްޓަސް ސިޔާސީ ބާރު ނެތް, މީހަކަށް މަތީ މަގާމެއް ލިބުމަކީ ނާދިރުކަމެކެވެ.

2008 ވަނަ އަހަރު ވުޖޫދުވެގެން އައި ދިވެހިރާއްޖޭގެ ފެހި ގާނޫނި އަސާސީ ބުނާގޮތުން މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލްކުރުމަކީ ކުށެކެވެ. މިއީ ލިޔުމުގައި އޮންނަ އަަމަލުކުރުމުގައި ނެތް ކުށެއް ކަމައް ވެދާނެއެެވެ.

ސުވާލެއްކޮށްލާނަމެވެ. ޖުމްހޫރިއްޔަތެއްގެ ހަގީގީ ފޮނި މީރުކަން ދިވެހިންނަށް އެބަލިބޭތޯއެވެ. ފަންތިއާއި ގިންތީގެ ބޯދާ އުސޫލު އުވާލައި މާލެއާއި އަތޮޅުތެރޭގެ އިމްތިޔާޒުގެ ތަފާތު ނައްތާލެވިއްޖެތޯއެވެ. ޖަވާބު ކިޔުންތެރިންގެ އަތްމައްޗަށް ދޫކޮށްލާނަމެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: