ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އެންގޯލާއާ އެކު ގުޅުން ގާއިމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި އެންގޯލާއާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.

އެންގޯލާއާ އެކު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަދި އެމެރިކާގައި ރާއްޖެ ތަމްސީލް ކުރަވާ ސަފީރު ތިލްމީޒާ ހުސައިނެވެ.

އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންގޯލާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މަރީއާ ޑެ ޖެސޫސް ޑޮސް ރެއިސް ފެރޭރާއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކި ގައުމުތަކާއެކު ރާއްޖެއިން ގުޅުމާއި އެކުވެރިކަން އުފެއްދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒު ކަމަށެވެ.

އެންގޯލާ އަކީ ރާއްޖެ އިން 173 ވަަނަ އަށް ސިޔާސީ ގުޅުން ގާއިމްކުރި ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: