ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީން ކުރެއްވީ ގައުމު އާރާސްތު، ރައީސް ސޯލިހު ކުރުވީ ގައުމާއި ރައްޔިތުން ނިކަމެތި”

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ގައުމު އާރާސްތު ކަމަށާއި ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރުވީ ގައުމާއި ރައްޔިތުން ނިކަމެތި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަމާޒު ހިތްޕެވީ ސަރަހައްދުގެ އެންމެ ފުދުންތެރި ގައުމަކަށް ރާއްޖެ ހައްދަވަން ކަމަށާއި ހިފެހެއްޓެވީ އިސްލާމީ ރިވެތި އުސޫލުތައް ކަމަށެވެ. އަދި ޔަގީން ކުރެއްވި ގައުމުގެ މިނިވަން ކަމަށާއި އިސްތިގުލާލު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ރައީސް ސޯލިހު ކުރުވީ ގައުމާއި ރައްޔިތުން ނިކަމެތި. ގެއްލުވާލީ ވެރިކަމުން ޖުމްހޫރިއްޔަތުގެ ސިފަ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު މި ގައުމުގެ މިނިވަންކަން ސަރުކާރުން ބޭރު ގައުމަކަށް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ތަފާތު އެކި ތުހުމަތުތަށްކޮށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

އެގޮތުން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ ރައީސްކަމުގެ މަގާމުގައި ހުންނެވިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: