ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވާ، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް!

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިމާއި ގުޅިގެން ބަޔަކު ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އިތުރު ތަފްސީލުތަކެއް ހާމަނުކޮށް، ފުލުހުން ނޫސްވެރިންގެ މީޑިއާ ގްރޫޕަށް ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އެ މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލެޖެންސްއަސް ކަމަށެވެ. އަދި އެފަދަ ކަމެއް ހިންގަން އުޅޭކަމުގެ މައުލޫމާތާއި އެކު ފެށި ހާއްސަ އޮޕަރޭޝަންގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ އަމަލު ހުއްޓުވާ ބަޔަކު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިއީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

“ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށް، އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދަން.” ފުލުހުން

މި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ސަރަހައްދުގައެވެ. އަދި ތ. ތިމަރަފުށީގައި ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއެވެ.

އޮޕަރޭޝަން ކުރިޔަށް ދާ ވަރަަކުން އިތުރު ތަފްސީލުތައް ހާމަކުރަމުން ގެންދާނެކަން ފާހަގަކޮށް ފުލުހުން ވަނީ މި އޮޕަރޭޝަންގައި މާލެއިން މީހަކު، އަދި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އޭގެ އިތުރުން އޮޕަރޭޝަން ކުރިޔަށް ގެންދާ ތިމަރަފުށިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވުމަށް ހާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ގާނޫނކށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފައި ވެއެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ އެވެ. އަދި ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: